-

Mahal’s review of The Biopolitics of the Maldivian Ocean Commons through current day state environmental governance frameworks.
ދިވެހިރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ނިޒާމަކީ ހިސާބުތަކުން އަގުކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި ކަނޑައަޅައި، ތިމާވެށި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑުތަކެއް (environmental governance frameworks) ރާއްޖެއިން ދަނީ އެކުލަވާލަމުން
-

Daycare House, N. Kudafari
Architectural Design – 2024 މިއީ ނ. ކުޑަފަރީގެ ކުރީގެ ޕްރީސްކޫލު އިމާރާތާއި ގޯތިތެރޭގައި ކުޑަފަރި ޑޭކެއާ ސެންޓަރެއް ފަރުމާކުރުމަށް ކައުންސިލުން އެދުމުން، މިފަރުމާގެ މަސައްކަތަށް ޑޭކެއަރ ބިމުގެ ގޯތިތެރޭގަައިވާ އިމާރާތާއި ފަސްގަނޑަށް ނިސްބަތްވާ ގޮތަށް އަޓޮލްސްކޭޕުން ހުށައަޅާފައިވާ ޑިޒައިން ޕްރޮޕޯޒަލެވެ މީގައި ހިމެނެނީ ކުރީ މިހާރު ހުރި އިމާރާތުގެ ފަރުމާއަށް ބައެއް ބަދަލު ގެނެސްގެން އެތަން އިތުރަށް ފަހިކޮށް، ރައްކާތެރިކަމާއެކު ކުޑަކުދިން ކުޅެ، އުނގެނި، ނިދާ ހެދި، އަތްވާއި ވައި ހިނގާނެހެން މިތަން ފަރުމާ ކުރުުމަށާއި،…
-

Masbadhige’, N. Kudafari
Community Kitchen Concept for N. Kudafari Council – 2024 ނ. ކުޑަފަރީ ގެ މަސްބަދިގޭގެ ޑިޒަިއިން ތަރަހައިގާ ހިމެނެނީ އެކަމަށް ކަނޑައަޅާފައިވާ ބިމާއި، އެތަނުގައިވާ ގަސްގަހާއެކު،ރަށު މައިޒާންނެރު އަތިރިމައްޗަށް ހުޅުވައިގެން، އެކި ބޭނުންތަކަށް ރައްޔިތުން އެއްވެ އުޅޭ ހިޔާލިބޭ ހުސްޖާގަތައް ބޭނުންކުރާ ސިފައިގައި އެޖާގަ ދަމަހައްޓައިގެން، ވިއްސާރައާއި ވައިން ބޯހިޔާވާނެ އަށި މޭޒު ދާލަ އެކުލެވޭ، ކުޑަކުދިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ބަދިގެއާއި ރެސްޓޯރަންޓުގެ އުފެއްދުންތެރިކަމަށް ބާރުލިބޭ ވަސީލަތްތައް ރާވައިގެން ޖާގަ ފަރުމާކުރެމެވެ މިތަނުގެ…
-

Valuvina Workshop, N. Kudafari
Wild Grass Study Workshop with Kudafari Council and School – 2023 ވަލުވިނަ ކުޑަފަރީ ވަރކްޝޮޕަކީ ޒަމާނުއްސުރެ ރަށުގެ ތަބީއީ ސިފައެެއްގެ ގޮތުގައި ގުދުރަތީގޮތުން ވަލަށް ހެދެމުން އަންނަ ވިނައިގެ ބާވަތްތަކުގެ މައުލޫމާތު އެއްކޮށް، އެ ޒަމާނުއްސުރެ ރާއްޖޭގެ ރަށެއްގައި ދިރިއުޅޭ އުޅުމާ ވަލުވިނައާ އޮތީ ކޮން ގުޅުންތަކެއްތޯ ބެލުމުގެ ނިޔަތުގައި ހިންގުނު ޕައިލެޓް ޕްރޮޖެކްޓެއް. މިކަން ކުރުމަށް ނޫނު އަތޮޅު ކުޑަފަރީ ކައުންސިލާއި އަޓޯލްސްކޭޕު ގުޅިގެން ކުޑަފަރީ ސްކޫލުގެ 29 އަކަށް ދަރިވަރުންނާއި…
-

Anbaage’ & Anbaa Studio, N. Kudafari
Architectural Design of Town Hall and Community Space – 2023 ނ. ކުޑަފަރީގެ ބަނދަރު ސަރަހައްދާއި ރަށްވަށާ ހިނގާ/ދުވާމަގުތަކުގެ ފެހިކަން އިތުރުކޮށްގެން، ރަށުގެ ބަނދަރުމަތި ފެހި ޖާގައެއްގެ ގޮތުގައި ދިރުވައި، އާއްމު ބޭނުންތަކަށް ފަހިވާނެ ފަދަ ކުދި ފިހާރަ، ޖޫސް ގާޑިއާ، ފާހާނާއާއެކު، ޕްލޭނުކުރުން މިއީ ރައްޔިތުންނަށް ބޭނުންވާ ދިރިއުޅުމާބެހޭ ހިދުމަތްތައް ފަސޭހައިން ލިބިގަނެ، ދިމާވާ އެކި މައްސަލަތައް ރަށުގެ ހިންގުމުގެ ނިޒާމުގެތެރެއިން ހައްލުކޮށް، ރައްޔިތުން އެއްވާން ޖެހޭ ހާލަތްތަކުގައި އެއް މައިދާނަކަށް އެއްވެ،…
-

SOUNDING THE MONSOON: Weaving with the Nakaiy Seasons
މޯސަމީ މޫސުން އިއްވާ އަޑު: ނަކަތްބުރުގެ ތެރެއިން ވިޔުން މިއީ އިންޑިއާ ކަނޑުގައި ހިނގާ މޯސަމީ ވަޔާއިއޮޔާ އެކުގައި ހުވަދު އަތޮޅު ގައްދޫގައި ޒަމާނުއްސުރެ ހިންގަމުން އަންނަ ތުނޑުކުނާ ވިޔުމުގެ މުއްސަދި އާދަކާދައާމެދު މައުލޫމާތު އެއްކުރުމަށް ހިންގާ ރިސާޗެއް. މިކަމުގެ ތެރެއިން ދިވެހި ނަކަތްތެރިކަމާއި، ހުވަދޫ އަތޮޅާއި އިންޑިއާ ކަނޑުގެ އައްސޭރިތަކާމެދު އުފެދިފައިވާ ދަތުރުފަތުރާއި، ވިޔަފާރި، އަދި ސަގާފީ އުނގެނުމުގެ ގުޅުންތަކާ ބެހޭ ވާހަކަ، ލަވަ، އިލްމު، މިއުޒިކު، ބަހުރުވަ އަދި އާދަކާދައާ ބެހޭ މައުލޫމާތާއި އަޑުތަކުގެ…
