Mahal’s review of The Biopolitics of the Maldivian Ocean Commons through current day state environmental governance frameworks.

“މަހަލް” ގައި ޝާއިއުކޮށްފައިވާ “ދަ ބަޔޯޕޮލިޓިކްސް އޮފް ދަ މޯލްޑިވިއަން އޯޝަން ކޮމަންސް” (ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ހަޔަވީސިޔާސަތު) ގައި ވަނީ ދައުލަތުން ތިމާވެށި ބެލެހެއްޓުމަށް މިހާރު އަމަލުކުރާ އޮނިގަނޑުތަކަށް މުރާޖަޢާއެއް ހުށައަޅަފައި. އޭގައި ވަނީ

ދިވެހިރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ނިޒާމަކީ ހިސާބުތަކުން އަގުކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި ކަނޑައަޅައި، ތިމާވެށި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑުތަކެއް (environmental governance frameworks) ރާއްޖެއިން ދަނީ އެކުލަވާލަމުންނޭ. މީގެ ތެރޭގައި ލާމު އަތޮޅުގައި ތަޖުރިބާކުރެވޭ ‘ނެޗުރަލް ކެޕިޓަލް އެކައުންޓްސް’ އާއި، ‘ނޫ ރާއްޖެ’ ޕްރޮގްރާމުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ‘މެރިން ސްޕޭޝަލް ޕްލޭނިންގް’ މަސައްކަތްތައް ހިމެނެއޭ. އަދި 2024 އިން 2029 އަށް އެކުލަވާލާފައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭ އައު އޮނިގަނޑުގެ އިތުރުން، ‘ސްޓްރެޓީޖިކް އެކްޝަން ޕްލޭން’ ގެ ދަށުން އެސް.ޑީ.ޖީ މެޕިންގް އަދި ތިންވަނަ ‘ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން’ ފަދަ މޫސުމީ ސިޔާސަތުތަކުގެ އެހީގައި، ގުދުރަތީ ވަސީލަތްތަކަކީ މިންގަނޑުތަކާއި، ޗާޓުތަކާއި، އަދި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނޭ

މި މަސައްކަތްތައް ބިނާވެފައިވަނީ ‘ދި އިކޮނޮމިކްސް އޮފް އީކޯސިސްޓަމްސް އެންޑް ބަޔޯޑައިވަރސިޓީ’ އާއި ބަޔޯޑައިވަރސިޓީ އިކޮނޮމިކްސްއާ ބެހޭ ‘ދަސްގުޕްތާ ރިވިއު’ ފަދަ ބައިނަލްއަގުވާމީ ނިޒާމުތަކުގެ މައްޗަށް. މި ދެ ނިޒާމުންވެސް ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް ބާރުއަޅަނީ، ކަންކަން ނިންމުމުގައި ތިމާވެށީގެ އަގު ސާފުކޮށް ހާމަކުރުމަށް. މިކަންކަން މިގޮތަށް ކުރުމުން، ދިވެހިންގެ ދިރިއުޅުމުގެ އަސާސް ކަމުގައިވާ ފަރުތަކާއި، ކަނޑުފަޅުތަކާއި، މަސްވެރިކަން ފަދަ ގުދުރަތީ ވަސީލަތްތައް ސައިންސާއި އިގްތިސާދީ ދާއިރާގެ ތެރެއިން ދެނެގަނެ، އެ ވަސީލަތްތައް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް ރާއްޖޭގެ ސަރުކާރުން ދެކޭ

އިތުރު ތަފްސީލު މަހަލްއިން ކިޔާލާ


Comments

Leave a Reply

Your email address will not be published. Required fields are marked *