SOUNDING THE MONSOON: Weaving with the Nakaiy Seasons

މޯސަމީ މޫސުން އިއްވާ އަޑު: ނަކަތްބުރުގެ ތެރެއިން ވިޔުން

މިއީ އިންޑިއާ ކަނޑުގައި ހިނގާ މޯސަމީ ވަޔާއިއޮޔާ އެކުގައި ހުވަދު އަތޮޅު ގައްދޫގައި ޒަމާނުއްސުރެ ހިންގަމުން އަންނަ ތުނޑުކުނާ ވިޔުމުގެ މުއްސަދި އާދަކާދައާމެދު މައުލޫމާތު އެއްކުރުމަށް ހިންގާ ރިސާޗެއް. މިކަމުގެ ތެރެއިން ދިވެހި ނަކަތްތެރިކަމާއި، ހުވަދޫ އަތޮޅާއި އިންޑިއާ ކަނޑުގެ އައްސޭރިތަކާމެދު އުފެދިފައިވާ ދަތުރުފަތުރާއި، ވިޔަފާރި، އަދި ސަގާފީ އުނގެނުމުގެ ގުޅުންތަކާ ބެހޭ ވާހަކަ، ލަވަ، އިލްމު، މިއުޒިކު، ބަހުރުވަ އަދި އާދަކާދައާ ބެހޭ މައުލޫމާތާއި އަޑުތަކުގެ ރެކޯޑިންގ އެއްކުރީން. ވަކިން ހާއްސަކޮށް، ގައްދޫއަށް ހާއްސަ ތުނޑުކުނާ ވިޔުމުގެ ކަންކަމާބެހޭގޮތުން އެމަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް، މަސައްކަތްކުރާ ގޮތުގެ މައުލޫމާތާއި، މަސައްކަތާ ގުޅުންހުރި މާހައުލުތަކުގެ އަޑުތައް ރެކޯޑު ކުރެވުނު. މި މައުލޫމާތުތައް އެއްކުރުމަށްފަހު މިތަނުގައި ޝާއިއު މިކުރަނީ ގައްދޫއާއި އަދި ވަށައިގެންވާ މާހައުލާބެހޭ މައުލޫމާތު އެއްތަނަކުން ފެންނާނެ ގޮތަށް މެޕުކޮށް، މިކަމާ ޝައުގުވެރިވާ ފަރާތްތަކާ ހިއްސާކުރާ އާއްމު އާކައިވެއްގެ ގޮތުގަ

އިތުރު މައުލޫމާތު މިތަނުން