Daycare House, N. Kudafari

Architectural Design – 2024

މިއީ ނ. ކުޑަފަރީގެ ކުރީގެ ޕްރީސްކޫލު އިމާރާތާއި ގޯތިތެރޭގައި ކުޑަފަރި ޑޭކެއާ ސެންޓަރެއް ފަރުމާކުރުމަށް ކައުންސިލުން އެދުމުން، މިފަރުމާގެ މަސައްކަތަށް ޑޭކެއަރ ބިމުގެ ގޯތިތެރޭގަައިވާ އިމާރާތާއި ފަސްގަނޑަށް ނިސްބަތްވާ ގޮތަށް އަޓޮލްސްކޭޕުން ހުށައަޅާފައިވާ ޑިޒައިން ޕްރޮޕޯޒަލެވެ

މީގައި ހިމެނެނީ ކުރީ މިހާރު ހުރި އިމާރާތުގެ ފަރުމާއަށް ބައެއް ބަދަލު ގެނެސްގެން އެތަން އިތުރަށް ފަހިކޮށް، ރައްކާތެރިކަމާއެކު ކުޑަކުދިން ކުޅެ، އުނގެނި، ނިދާ ހެދި، އަތްވާއި ވައި ހިނގާނެހެން މިތަން ފަރުމާ ކުރުުމަށާއި، ގޯތިތެރޭގައި އޮތް ފަސްގަނޑުގައި މިހާރު  ވީރާނަ ވާންފަށާފައި ހުރި ގާފޮޅުތައް ނަގާ، ބިމުގެ ޖާގަ ސާފުކޮށް، ރައްކާތެރިކަމާއެކު ކުޑަކުދިން އެތަނުގައި ހަރަކާތްތެރިވެ އުޅެވޭނެ ގޮތަށް ތައްޔާރު ކުރުމުގެ ޑިޒައިނެވެ. ދެން ހުށައެޅީ ގޯތީގެ ފަސްގަނޑުގައިވާ ގަސްގަހާގެއްސާއި ބިންގަނޑުގެ މުއްސަނދިކަމުގެ ބޭނުން ހިފޭނެ އުސޫލުން، ކުޑަފަރީ ކުޑަކުދިންގެ ސިއްހަތާއި އިލްމަށް ފަހިވާނެހެން ގޮތްތަކެއް ނިންމުމަށް ކުޑަފަރީ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯދާ ބައްދަލުވުންތަކެއް ހިންގުމަށެވެ