މިއީ ދިވެހިންގެ އިށީންނުމުގެ ބައެއް ކަހަލަ ޖާގަތަކުން ކުރިން ފެންނަންހުރި އަދަރާދަ ގޮނޑިއަށް ނިސްބަތްވާ ދިވެހި ތަރިކައިގެ މާއްދާތަކާއި، އެ ގޮނޑީގެ ވަޑާމުގައި ހިމެނޭ ހުނަރާއި، އަދި މި މާއްދާތަކާއި ހުނަރު ނިސްބަތްވާ ދިވެހި ފަސްގަނޑުގެ މައްޗަށް ނަޒަރު ހިންގުމުގެ މަގުސަދުގައި ތައްޔާރުކުރި ކުރު ފިލްމެއް.
މި ވީޑިއޯގައި ފީޗާވާ މާވަޑި ފާރޫގު ހަސަން އަކީ މި އަދުރާދަ ގޮނޑީގެ ހޯދުމާ ހަމައަަށް ދިއުމަށް މެދުވެރިވި ފަރާތް. އެހެން ކަމުން ފާރޫގުގެ ފަރާތުން ލިބުނު އެންމެހާ އެދުރުވެރިކަމަށާއި، އެހީތެރިކަމަށާއި، ރަހުމަތްތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރަން.
މި ވީޑިއޯ ފުރަތަމަ ތައްޔާރުކުރެވުނީ ގައުމީ ދާރުލް އާސާރުގައި 18 މޭ 2024 ގައި އޮތް ހަފްލާއެއްގައި ސްކްރީން ކުރުމަށް. ނަމަވެސް ޓެކްނިކަލް މައްސަލަތަކާއެކު އެ ސްކްރީނިންގ މެދުކަނޑާލަން ޖެހުމާއެކު އަލުން ރޭވިގެން މި ވީޑިއޯ ދެން ސްކްރީން ކުރެވުނީ އަޓޯލްސްކޭޕުގެ ފެންޑާ އިވެންޓު “ޗެއަރމަން” ގައި 25 މޭ 2024 ގައި.
:ރައްޔިތުންގެ ކަނޑުބިންތަކާ، ވަސީލަތްތަކާ ގުޅުންއިތުރުލިޔުން: